ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
މުހައްމަދު ރަޝީދު އަވަހާރަވީ އާލާސްކަންފުޅެއްގައި އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިއަދުއެވެ.
މިދިޔަ 2019ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ ވަނީ ސްޓެލްކޯގެ ޗެއާމަނުގެ މަގާމް އަދާ ކޮށްފައެވެ. އޭނާ ވަނީ ސްޓެލްކޯއަށް 50 އއަރަށަވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވައިފައެވެ.
މުހައްމަދު ރަޝީދު ވަނީ އިންޖިނޭރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމް ފުރުއްވައިފައެވެ. އޭގެ ފަހުން ސީއީއޯ ކަމުގެ މަގާމާއި ބޯޑުގެ ޗެއާމަންގެ މަގާމުވެސް އަދާކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!