އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާ މެމްބަރުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން އަނބުރާ ފައިސާ ލިވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުން، އެ ދައްކާ ފައިސާގެ ފަސް އިންސައްތަ އަނބުރާ ލިބޭނެއެވެ. މިގޮތަށް އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ ވޮލެޓަށެވެ.
އެމްފައިސާ މެދުވެރިކޮށް އުރީދޫ ބިލު ދެއްކުމުގެ އިތުރުން ރެސްޓޯރެންޓުތަކާއި ފިހަރާތަކުގެ ބިލުގެ އިތުރުން ބައެއް ހިދުމަތްތަކުގެ ބިލުވެސް ދެއްކޭނެއެވެ.
އުރީދޫގެ އެމްފައިސާއަކީ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓަށް ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި އިން ކޭޝް އިން ކުރެވޭނެއެވެ.
އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ޕްލޭސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!