މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފިއެވެ.

މިއަދު ހަވާލު ކުރި މި ފައިސާ އަކީ އަތޮޅު ފިހާރަތަކުން ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާއެވެ. އެއީ 2016 ވަނަ އަހަރު ދޭން ޖެހޭ 17.8 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރު ދޭން ޖެހޭ 20.5 މިލިއަން ރުފިޔާއެވެ.

Ad
rt

މި ފައިސާ ދީފައިވަނީ 20 އަތޮޅަކަށެވެ.

އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބޭތީ ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށްދީ، އެތަންތަނުން ލިބޭ އާމްދަނީ ސީދާ އަތޮޅުތަކަށް ލިބޭ ގޮތް ހަދައިދިނުމަށް ވަނީ އެދިފައެވެ.

އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރާއިރު، މާލެ ސިޓީ ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި މާލޭގެ ލޭންޑް ޔޫސް ޕްލޭންގައި ވަނީ މި އަތޮޅު ފިހާރަ ބަރި ބުޓިކް ޝޮޕްތަކަކަށް ބަދަލުކުރަން ނިންމާފައެވެ.