މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމުގައި އެއްލައްކަ މީހުން ބައިވެރިވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިހާތަނަށް އެއްލައްކަ ހަމަވެފައިވާއިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ޕްރޮގްރާމަށް އެއްް ލައްކަ މީހުން ހަމަވެފައިވަނީ ޕްރޮގްރާމް އިފްތިތާހު ކުރިތާ އަހަރެއް ވެސް ނުވަނީސް އެވެ.
ބޯޑާ މައިލްސް ޕްރޮގްރާމް އިފްތިތާހު ކުރީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މިއީ ފަތުރުވެރިންނަށް ހާއްސަކޮށްގެން ހިންގާ ދުނިޔޭގެ މިފަދަ ފުރަތަމަ ލޯޔަލްޓީ ޕްރޮގްރާމެވެ.
މި ޕްރޮގްރާމަކީ ކޯވިޑް-19ގެ ހާލަތުގައިވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޕގްރާމުގެ ދަށުން ފަތުރުވެރިންނަށް ހާއްސަ ފައިދާތަކެއް ޗެސް ލިބެއެވެ.
މި ޕްރޮގްރާމުގެ ބައިވެރިން ދިން ދަރަޖައަކަަށް ވަނީ ބަހާލައިފައެވެ. އެއީ ބްރޮންޒް، "އައިދަ" އާއި ސިލްވާ، "އަންތަރަ" އާއި ގޯލްޑް، "އަބާރަނަ"އެވެ. މިއިން ކޮންމެ ދަރަޖައަކަށް ލިބޭ އިނާޔަތްތައްވެސް ތަފާތެވެ.
ބޯޑަރ މައިލްސްއަށް ފަތުރުވެރިން ޝައުގުވެރިކުރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގާއްސަ އޮފާތަކެއް ވެސް ތައާރަފްކުރަމުންނެވެ. އެގޮތުން އެންމެ މަތީ ޖަރަޖައަށް ވާސިލްވުމުން މާމަހި އެގްޒެކިއުޓިވް ލައުންޖުން ވީއައިޕީގެ ހިދުމަތް ހިލޭ ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!