ކޯވިޑް-19ގެ ވެކްސިންގެ ފުރިހަމަ ކޮށްގެން ކަރަންޓީން ނުވެ ސިންގަޕޫރަށް ދެވޭ ގޮތް ހަދައިފިއެވެ.
މި ދަތުރުތައް ކުރެޗޭ ގޮތް ހަދައި ވެކްސިނޭޓެޑް ޓްރެވަލް ލޭނެއްގެ އެއްބަސްވުމެއް މިއަދު ވަނީ ވެފައެވެ.
މި އެއްބަސްވުން ހަދާފައިވަނީ މިއަދު ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމަށްފަޖު ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންނަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސިންގަޕޫރަށް ދަތުރު ކުރެވޭނެ ކަމަށެވެ. މިގޮތަށް ދަތުރު ކުރެވޭނީ ޓްރެވަލް ލޭނުގެ ދަށުން ހާއްސަ ކޮށްފައިވާ ފްލައިޓުތަކުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ޓްރެވަލް ލޭނުގެ ދަށުން ސިންގަޕޫރަށް ދަތުރު ކުރާއިރު ބޭނުންވާނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ސެޓްފިކެޓާއި ނެގެޓިވް ޕީސީއާރު ނަތީޖާ އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!