ރ. މަޑުއްވަރީ ދެކެނު ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 80،400 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 65,520 ކިއުބިކް މީޓަރުގެ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.
އަދި، 411 މީޓަރުގެ ބޭރުތޮށި ލުމާއި، 582 މީޓަރުގެ އެއްގަމު ތޮއްޓެއް ލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި، ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.
މިއީ 72.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!