މަސްވެރިންގެ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން “އޮޑިވެރިޔާ” ގެ ނަމުގައު ފޯރަމް ބާއްވައިފިއެވެ.

އިއްޔެ މި ފޯރަމް ބޭއްވީ ކ. ގާފަރުގައެވެ. މިއީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާގެ ޕްރޮޑަކްޓުތަކާއި ހިދުމަތްތަކުގެ މައުލޫމާތާއި، ބޯޓު ޔާޑުން ލިބޭ ހިދުމަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިޔަ ފޯރަމެކެވެ.

Ad
rt

މި ފޯރަމުގައި އެމްޓީސީސީގެ ބޯޓުޔާޑާއި، ކަށަވަރުގެ ހިދުމަތްތަކާ ގުޅޭގޮތުން އެ ކުންފުނީގެ އިންޖީނިއަރިން އަދި ޓްރޭޑިން ޑިވިޝަނުގެ 6 މެންބަރުން ހިމެނޭހެން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޔަންމާ އިންބޯޑު އިންޖީނާއި، ސުޒުކީ އައުޓްބޯޑް އިންޖީނާއި، ކާސްޓްރޯލް އަޑީތެލާއި، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިން އާއި ބޯޓު ޔާޑުންދޭ ޑޮކިން އާއި އިންޖީނިއަރިން އާއި ވެލްޑިން އާއި މެޓަލް ފެބްރިކޭޝަނާއި ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް އެމްޓީސީސީން ހިއްސާކުރިއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއްފުރާޅެއްގެ ދަށުން އޮޑިވެރީންނާއި މަސްވެރިންނަށް ލިބޭނެ މަގުފަހި ކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދީ، އެ ކުންފުނީގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށް ބުންނެވެ.