މާލޭގައި މިއަަހަރު ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް، ސިޓީ ނައިޓް މާކެޓުގެ މެއިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މިއީ ޕްރިޒަމް ހޮލްޑިންގްސް އިން ހިންގާ ނައިޓްމާކެޓެކެވެ. މި މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ވިޔަފާރިތަކަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

މި މަހުގެ 26ން އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި މާކެޓުގައި މިހާތަނަށް 189 ސްޓޯލެއް ވަނީ ވިޔަފާރިތަކުން ނަގާފައެވެ. މި މާކެޓުގައި ޖުމްލަ ހުންނާނީ 238 ސްޓޯލެވެ.

މި މާކެޓުގައި ތަފާތު ސާމާނުގެ އިތުރުން ކާބޯތަކެތިވެސް ލިބެން ހުންނާނެއެވެ. އަދި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.