ކޯވިޑް19 އާއި އެކު މިއަދު ގޭގައި ތިބެ އޮންލައިންކޮށް އޯޑަރ ކޮށްލައިގެން ކެއުން މިވަނީ އާންމު ކަމަކަށް ވެފައެވެ. މާލޭގެ ރަނގަޅު ފެންވަރެއްގެ ރެސްޓޯރެންޓްތަކުންް ލިބޭ ފެންވަރުގެ ކެއުންތައް ގޭގެ ސުފުރާ މައްޗަށް ނުވަތަ އޮފީހުގައި ތިބެގެންވެސް އިންސާފުކޮށްލެވޭނެ މަގު މިވަނީ ފަހިވެފަ އެވެ.

ފަހަކަށް އައިސް އޮންލައިންކޮށް ޑެލިވަރީ ކޮށްދޭ ފަރާތްތައް ވަރަށް ގިނަ އެވެ. ނަމަވެސް އޮންލައިންކޮށް ފެނިގެން އޯޑަރ ކޮށްލާއިރު އެތަކެތީގެ އަގާއި ރަހަ އަކީ ގިނަބަޔަކު ސަމާލުކަންދޭ އެއްކަމެކެވެ.

Ad
rt

"މީރޯ" އަކީ މިފަހުން ފުޑް ޑެލިވަރީގެ ޚިދުމަތް ދިނުމަށް ފެށި ބަޔެކެވެ. ރާއްޖޭގެ ގިނަ ރިސޯޓު ތަކުގައި މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވާ ޒުވާން ދިވެހި ކައްކާއެއްގެ ބެލުމުގެ ދަށުން ފެށި މި ވިޔަފާރި އަކީ ގިނަބައެއްގެ އިތުބާރު ލިބިފައިވާ ފަރާތެކެވެ.

މީރޯގެ ކެއުން ތަކުގެ ރަހަ އާއި މެދު ގިނަބައެއްގެ އިތުބާރު ލިބިފައިވާ ކަމުގެ އެއް ހެއްކަކީ ދުވަހަކަށްވުރެއް ދުވަހެއް ރިޕީޓެޑް ކަސްޓަމަރުން ގިނަވަމުން އަންނަކަން ކަމުގައި އެފަރާތުން ހާމަ ކުރެއެވެ.

"މީރޯ" ގެ ދިވެހި ކައްކާ އަޙްމަދު ރަޝީދު މަޢުލޫމާތު ދެމުން ބުނީ އަދި މިވިޔަފާރި ފެށިތާ މާގިނަ ދުވަހެއް ނުވާކަމަށާއި މީރޯގެ ކެއުންތަކުގައި އެންމެ ބޮޑު ޑިމާންޑް އެއް މިވަގުތު އޮތީ -/150 ރުފިޔާއަށް "ކްރިސްޕީ ޗިކަން ބާރގަރ" އަކާއި އެކު 500 އެމްއެލްގެ ކޯކު ފުޅިއެއް ދޭ ޕްރޮމޯޝަން އަށް ކަމަށެވެ.

ރަޝީދު އިތުރަށް ބުނީ މީރޯގެ ހުރިހާ ކެއުމެއްގެ ވެސް ރެސިޕީ ތައްޔާރު ކުރެވިފައިވަނީ ދިވެހިން ގަޔާ ވާނެހެން ދިވެހި ރަހަތައް އެކުލެވޭގޮތައް ކަމަށެވެ.

ބާރގަރ ގެ އިތުރުން ދެން އެންމެ ގިނައިން މީހުން އޯރޑަރކުރާ ބާވަތް ތަކުގެ ތެރޭގައި ޗީޒީ ޗިކަން، ޓޯރޓިލަރ، ބަފަރލޯ ވިންގސް، ގާރލިކް ރައީސް، ސަބްމެރިން އަދި ޕިއްޒާ ހިމެނެއެވެ.

މީގެ އިތުރުން ޗިކަން، ޓޫނާ، ބީފް ވަޅޯމަސް، ސޮސެޖު، މިކްސްކޮށް ރައީސް އާއި ނޫޑްލިސް އަދި ކޮއްތުރޮށި ތައްޔާރު ކޮށްދެއެވެ. މިއިން ކޮންމެ ކެއުމަކާއި އެކު ބިސްގަނޑަކާއި ސޮސެޖެއް ލިބޭނެ އެވެ. މީރޯގެ މިކޮންމެ ކެއުމެއްވެސް ތައްޔާރުކުރަނީ އޯޑަރ ދެއްވުމުން ވަގުތުންކަމަށް ޝެފް ރަޝީދު ބުންޏެވެ.

އަގު ހެޔޮ ޖީބަށް ލުއި ކެއުމަކަށް އޯޑަރ ދެއްވުމަށް ގުޅުއްވާނީ މީރޯގެ ނަންބަރ 7883677 ނުވަތަ މީރޯގެ އިންސްޓަރގުރާމް ނުވަތަ ފޭސްބުކް ޕޭޖަށެވެ. މީރޯގެ މެނޫ މީރޯގެ ވެބްސައިޓް އިން ފެނިލައްވާނެ އެވެ.