އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އަލަށް އުފަންވާ ކުދިންނަށް ގިފްޓް ހެމްޕާ ދޭ ކެމްޕޭނެއް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ފަށައިފިއެވެ.

މި ކެމްޕޭނުގެ ދަށުން ދޭ ގިފްޓް ހެމްޕާގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ.

Ad
rt

އަލަށް ތައާރަފު ކުރި ޕިއުރިޓީ ބްރޭންޑުގެ މި އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމުކަން ލިއްބައިދޭ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެކެވެ.

މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އިތުބާރުކުރެވޭ ބްރޭންޑެކެވެ.

މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.