ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެ މަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓް މޮބިލައިޒް ކުރީ މިއަދު ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 21,181.80 އަކަ މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި 369 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ 28.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
We have mobilized Th. Buruni Shore Protection Project site today. The value of the project is MVR 28.87 million.#MTCCProjects #RayyithungeKunfuni pic.twitter.com/4Ukb6UL86D
— MTCC Plc (@MTCCPlc) November 22, 2021
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް 63 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެތެރެއިން ހަތް މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!