މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އާއި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ ބިދޭސީންގެ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް އަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މުބާރާތަކީ ބިދޭސީން ރާއްޖެއަށް ކުރާ ހިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާ ކުރުމަށަ ބާއްވާ މުބާރާތެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

Ad
rt

މި މުބާރާތް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެކުވެނި ސްޓޭޑިއަމުގައެވެ. މުބާރާތް ކުރިއަށްދާއިރު ސްޓޭޑިއަމުގައި ހެލްތު ސްކްރީނިން އާއި މޯބައިލް ކަނެކްޝަން ހިދުމަތްތައް ދޭ ސްޓޯލްތައް ބަހައްޓާފައި ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 20 ޓީމަކަށް ވަނީ ހުޅުވާލައިފައެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރު 12:00އާ ހަމައަށެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ފޯމު ހުށަހަޅަން ޖެހޭނީ ކްރިކެޓް ބޯޑު އޮފީހަށް ނުވަތަ 7384994 އަށް ވައިބާ މެދުވެރިކޮށެވެ.

މި ފޯމުތައް އެކި ބަހުރުވައިން، މިޝަން ފޯ މައިގްރަންޓް ވޯކާސްގެ ސޯޝަލް މީޑިއާތަކުން ލިބެން ހުންނާނެއެވެ.