ބަންގްލަދޭޝްގެ އެއާލައިން، ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މި މަހުގެ 19ވަނަ ދުވަހުއެވެ.

Ad
rt

އެ އެއާލައިނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. އެއީ ހުކުރު، އާދީއްތަ އަދި އަންގާރަ ދުވަހުއެވެ.

މި ދަތުރުތައް ފެށީ އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށް ޔޫއެސް-ބަންގްލާއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖެއަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގިނަ ގައުމަކަށްވެފައި އެ މީހުންނަށާއި ފަތުރުވެރިންނަށްވެސް ފަސޭހަކަމާއެކު އަގުހެޔޮކޮށް މިހާރު ދަރުކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.