ރާއްޖޭގެ މިއުޒިޝަންސް ޔޫނިއަން (އެމްޔޫއެމް) އަށް "އުރީދޫ ވާކް ގްރޫޕް" ޕެކޭޖްގެ ހިދުމަތް ދޭން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޔޫއެމް ގެ މެންބަރުންނަށް "އުރީދޫ ވާކް ގްރޫޕް" ގެ ގިނަ ހިދުމަތްތަކެއް ލިމިޓެއް ނެތި ލިބޭނެއެވެ.
މީގެ ތެރޭގައި ހިލޭ ގުޅުމާއި އެސްއެމްއެސް ގެ ހިދުމަތާއި ހަތަރު ޑިޖިޓުން ގުޅަން ބޭނުންކުރާ "ޝޯޓްކޯޑް" ގެ ހިދުމަތާއި "ވާކް ގްރޫޕް" ގެ ބޭރުން ހިލޭ ގުޅޭ ނަންބަރުތަކެއް ހުރުން ފަދަ ހިދުމަތްްތައް ހިމެނެއެވެ.
މީގެ އިތުރުން "ވާކް ގްރޫޕް" ޕޯޓަލްގެ ހިދުމަތްތަކާއި މެންބަރުންނަށް ހިލޭ "ބަލްކް އެސްއެމްއެސް" ފޮނުވުމުގެ ހިދުމަތްތަކާއި "އުރީދޫ ކްލަބް ޕްރިމިއާ" ގެ ފައިދާތައްވެސް އެމްޔޫއެމްގެ މެމްބަރުންނަށް ލިބެއެވެ.
އުރީދޫ އިން ވަނީ މި އެއްބަސްވުމުގެ ދަށުން ލިބޭ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ދިނުމުގެ ގޮތުން މިއަދު މެންބަރުންނަށް "ޒޫމް" މެދުވެރުކޮށް ޕްރެޒެންޓޭޝަންއެއް ދީފައެވެ.
މި ހިދުމަތްތައް މިއަދުން ފެށިގެން އެމްޔޫއެމް ގެ މެންބަރުންނަށް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!