އައިލެންޑް އޭވިއޭޝަނާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން އުފައްދާ ފްލައިޓް ޓްރޭނިން ސްކޫލް ހިންގަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ތަންދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އައްޑޫ ސިޓީ ގަމުގައި ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އައިލަންޑް އޭވިއޭޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މޭނެޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި އައްޑޫ އިންޓަނޭޝަލް އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.

Ad
rt

މި އެއްބަސްވުމުގައި ދަށުން އައްޑޫ އެއާޕޯޓުގައި ހުރި ހެނގަރާއި އޮފީސް އިމާރާތެއް ފްލައިން ސްކޫލްގެ ބޭނުމަށް ކުއްޔަށް ހިފާނެއެވެ.

އައިލެންޑް އޭވިއޭޝަނާއި ގައުމީ ޔުނިވާސިޓީ ޖޮއިންޓް ވެންޗާއެއްގެ ދަށުން ހިންގާ ފްލައިން ސްކޫލްގެ ކިޔެވުން މިއަހަރު ފަހުކޮޅު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ސްކޫލަށް ކުދިން ވެއްދުމުގައި އެކި ސަބަބުތަކާހެދި ޕައިލެޓް ޓްރޭނިންގް މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދޭ ގޮތަށް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.

ޕައިލެޓުން ތަމްރީނުކުރުމުގެ އިތުރުން އޭވިއޭޝަން ދާއިރާގެ އެހެނިހެން ތަމްރީންތައްވެސް މި ސްކޫލުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.