ފުވައްމުލަށް ސިޓީގެ ކުރީގެ ބަންދު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތަކީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިއީ ފުވައްމުލަކުގައި މި ނެރުތަކުގެ ސަބަބުން ކުރިން ދިމާވެފައިވާ ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
Vice President His Excellency @FaisalNasym inaugurated the commencement of the physical works of Gn. Fuvahmulah Channel Closing Project at a ceremony held today at Gn. Fuvahmulah. State dignitaries & CEO @adamazim graced the ceremony. Project is a #CSRInitiave of #TeamMTCC. pic.twitter.com/J91vxjXQUJ
— MTCC Plc (@MTCCPlc) October 26, 2021
މުޖުތަމަޢާއި ގުޅުންހުރި މިކަހަލަ މަސައްކަތްތަކުގައި އެމްޓީސީސީމް އަންނަނީ އަބަދުވެސް އެހީވަމުންނެވެ. އެ ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގުތަކުން ވަނީ އިޖްތިމާއީ ޒިންމާ އަދާކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!