މިއަހަރު ބާއްވާ ކްލަބް މޯލްޑިވްސް ކަޕްގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.

އަންނަ މަހުގެ 20 ގައި ފަށާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑޫ ކޯޕަރޭޓް ފުޓުބޯޅަ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކަކުން ބައިވެރިވެއެވެ.

Ad
rt

މިއަހަރުގެ މުބާރާތުގައި 32 ޓީމަކުން ބައިވެރިވާނެއެވެ. އަދި އަންހެނުންގެ ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ބައިވެރިވާނެއެވެ.

މި މުބާރާތް ނިމޭނީ ޑިސެމްބަރު 30ގައެވެ. މިއީ ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މުބާރާތެކެވެ.

އުރީދޫއަކީ ރާއްޖޭގެ ކުޅިވަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުންޏަކީ މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސާ ވެސް މެއެވެ.