މުޖުތަމައު ކުރިއެރުވުމަށް ތައުލީމާއި ތަމްރީން ދޭން އުފައްދާފައިވާ “ޕީސް” ޖަމިއްޔާއަށް އުރީދޫ މޯލްޑިވްސްގެ އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭ ގޮތް ހަދައިފިއެވެ.

އުރީދޫ އާއި ޕީސް ޖަމިއްޔާއިން މިއަދު ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓްނާޝިޕްވެސް ހަދައިފައެވެ. މިއާއެކު އެމްފައިސާ ބޭނުން ކުރާ ކޮންމެ މީހަކަށް ވެސް އެ ޖަމިއްޔާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

Ad
rt

ޕީސް ގެ އިތުރުންވެސް ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެމްފައިސާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މީގެ ތެރޭގައި ކެންސާ ސޮަސައިޓީ އާއި ޑެފް އެސްސޯސިއޭޝަނާއި ކުޑަ ކުދިންގެ ހިޔާ އާއި ފިޔަވަތި ފަދަ ޖަމިއްޔާތައް ހިމެނެއެވެ.

އުރީދޫގެ އެޕްލިކޭޝަން ބޭނުން ކޮށްގެން އެމްފައިސާއަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، އެޕް ޑައުންލޯޑު ކުރުމަށްފަހު ރަޖިސްޓްރޭޝަން ކުރުމަށްފަހު އެމްފައިސާއަށް ލޮގިން ވެވުމުން ބޭނުންވާ ޖަމިއްޔާއެއް އިހުތިޔާރުކޮށް ޑޮނޭޓް ކުރެވޭނެއެވެ.