މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ފަޔާ ބިލްޑިންގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތް މި ހަފުތާ ތެރޭ ނިންމާލެވޭނެ ކަމަށެވެ. އެއަށްފަހު ފަޔާ ބިލްޑިންގެ ކޮލަމްތަކުގެ މަސައްކަތް ފަށާނެއެވެ.
މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރާނެއެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަނެއްގެ މަސައްކަތްވެސް ކުރާނެއެވެ.
މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯޓް ފަޔަރ ބިލްޑިންގ ގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފެށިގެން ދަނީ ކުރިއަށް. މި މަސައްކަތް މި ހަފުތާތެރޭ ނިންމާލެވޭނެ. ދެން ފެށުމަށް ހަމަޖެހިފައިވަނީ ފަޔަރ ބިލްޑިންގ ގެ ކޮލަމްތަކުގެ މަސައްކަތް.#MTCCProjects pic.twitter.com/8xSUiLLH9v
— MTCC Plc (@MTCCPlc) October 25, 2021
މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!