ގައުމީ ޓީމަށް ސަޕޯޓު ކުރާ ދިވެހި ސަޕޯޓަރުންނަށް އެސްޓީއޯއިން ރަތް ޓީޝާޓު ބަހައިފިއެވެ.

އެ ކުންފުނިން މި ޓީޝާޓުތައް ބެހީ މިއަދު ހަވީރުއެވެ. މި ޓީޝާޓުތަކުގައި ޖަހާފައިވަނީ 12ވަނަ ކުޅުންތެރިޔާއެވެ. އެއީ ސަޕޯޓަރުންނަށް ހާއްސަކޮށް ބޭނުން ކުރާ ނަންބަރެކެވެ.

Ad
rt

މާދަމާ އޮންނަ މެޗުގައި ރާއްޖެއަށް ސަޕޯޓު ކުރަން އެސްޓީއޯއިން ވަނީ ތަފާތު ކަމެއްވެސް ކޮށްފައެވެ. އެގޮތުން ގައުމީ ޓީމާއެކު އެ ކުންފުނި އޮތްކަން ހާމަ ކުރީ ކަނޑު އަޑިންނެވެ.

އެސްޓީއޯއިން އަންނަނީ ގައުމީ ޓީމަށް ސަޕޯޓު ކުރުނަށާއި ދިވެހިންގެ މެދުގައި ގައުމީ ރޫހު އާލާ ކުރުމަށް ތަފާތު ކަންކަން ކުރަމުންނެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗަކީ ގައުމީ ޓީމު ފައިނަލަށް ދިއުމަށް މުހިންމު މެޗެކެވެ. މި މެޗު އޮންނާނީ މާދަމާ ރޭ 9:00ގައެވެ.