ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ބައްދަލުވުންތަކާއި، ކޮންފަރެންސް އަދި އެގްޒިބިޝަންތައް ބޭއްވުމަށް، ހުރި ފުރުސަތުތައް
ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީން ހިންގާ "ރީޑިފައިނިން މައިސް" ބައިނަލްއަގުވާ ކެންޕޭން ލޯންޗްކޮށްފިއެވެ.
މި ކެމްޕޭން ލޯންޗުކޮށްފައިވަނީ އިންޑިއާ، މުމްބާއީގެ ގްރޭންޑް ހަޔާޓުގައި މިދިޔަ އަންގާރަ ދުވަހު ކުރިއަށް ދިޔަ މިލްޓް ކޮންގްރެސްގެ ތެރޭގައެވެ. މިއީ މައިސް ސެގްމެންޓުގައި ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްދާ ކެމްޕޭނެކެވެ.
ރާއްޖެއިން މައިސްގެ ބޭނުންތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް ހުރި ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައް މި ކެންޕެއިންގެ ތެރެއިން ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރުކުރާނެއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވިދާޅުވީ ރާއްޖެއަކީ ހިތްގައި މާހައުލެއްގައި ވިޔަފާރި އާއި ކުންފުނިތަކުގެ މަޝްވަރާތަކާއި ބައްދަލުވުންތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަމަށެވެ. އަދި މައިސް ސެގްމެންޓުގެ ފަތުރުވެރިންނަށް ބެނުންވާ ހިދުމަތްތައް ތަފާތު ތަޖުރިބާތަކާއެކު ރާއްޖެއިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގެ މައިސް ސެގްމެންޓު ފުޅާކޮށް، ރާއްޖެއަކީ މި ސެގްމެންޓުގައި ތަފާތު ހިދުމަތްތަކެއް ދީ އެ ދާއިރާ ކުރިއެރުވުމަށް ކަމަށެވެ.
މި ކެންޕެއިން ލޯންޗުކުރުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މައިސް ސެގްމަންޓު ޕްރޮމޯޓުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ޕީއާރު އެޖެންސީތަކާއި، އިންޑަސްޓްރީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެންޕެއިން ކުރިއަށް ދާނީ ނޮވެންބަރު މަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!