މިރޭ 12:00 ން ފެށިގެން އުރީދޫ މޯލްޑިވްސް އިން އައިފޯން 13 ގެ ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ފޯނުތައް ޕްރިއޯޑާ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އެ ކުންފުނިން ބުނ ގޮތިގުގައި އައިފޯން 13، އާއި 13 ޕްރޯ އާއި 13 ޕްރޯ މެކްސް އާއި 13 މިނީ މިރެއިން ފެށިގެން ޕްރިއޯޑާ ކުރެވޭނެއެވެ.
ސެޕްޓެމްބަރު 24 ގައި ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯނު 13ގެ ފޯނުތަކުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ކެމެރާއިންނެވެ. އެގޮތުން އެހެން އައިފޯނުތަކާ އަޅާބަލާއިރު އާ އައިފޯނުތަކުގެ ވީޑިއޯ ކޮލިޓީ ވަރަށް ބޮޑަށް ރަނގަޅުވާނެއެވެ.
މި ފޯނުތަކުގެ ސްޓޮރޭޖް އެއް ޓެރަބައިޓާ ހިސާބަށް ލިބޭނެއެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.
އުރީދޫ މޫލީން އައިފޯން 13ގެ ފޯނުތައް ޕްރިއޯޑާ ކުރަން ބޭނުންވާ ކަސްޓަމަރުންނަށް https://moolee.mv މެދުވެރިކޮށް ޕްރިއޯޑާ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!