ސްރީ ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމަައިފިއެވެ.

މިއީ އެ އެއާޕޯޓުން 50 އަހަރު ފަހުން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. އެގޮތުން، އެންމެ ފުރަތަމަ ފްލައިޓު ޝެޑިއުލް ކޮށްފައިވަނީ ރާއްޖެއަށެވެ.

Ad
rt

ލަންކާގެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ މަހުއެވެ. އަދި ރާއްޖޭގެ އެއާލައިނުތަކުން ވެސް ވަނީ އެ އެއާޕޯޓަށް ދަތުރު ފަށަން އެއްބަސްވެފައެވެ.

މި ދަތުރުތައް ފެށުމާއެކު ފްލައިޓް ޕާކު ކުރުމަށް ނަގާ ފީ އާއި އެއާޕޯޓް ސާވިސް ޓެކްސް ނެގުން އެއް އަހަރު ދުވަހަށް މެދުކަނޑާލާނެ ކަމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ރާއްޖޭން މިހާރު ދަތުރު ކުރަނީ ލަންކާގެ ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ ދިވެހިން ދިރިއުޅޭ ސަރަހައްދާ ދުރު އެއާޕޯޓެކެވެ. ނަމަވެސް ރަޓްމަލާނާ އެއާޕޯޓަކީ ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދު ކަމަށްވާ ދެހިވަލާއާ އެންމެ ކައިރި އެއާޕޯޓެވެ.