ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން، ޕެނަލްޓީ ޖަހައިގެން ޑޭޓާ ލިބޭ ގޭމެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.
މި ގޭމް ކުޅެވޭނީ އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. އެގޮތުން، 50ރ. އިން މަތީގެ ރީޗާޖުކުރާ ކޮންމެ ކަސްޓަމަރަކަށް ޕެނަލްޓީ ޖެހުމުގެ ފުރުސަތު ލިބޭނެއެވެ. މި ގޭމުގައި ޕެނަލްޓީ ޖަހަގައިގެން މޮޅުވާ ކޮންމެ މީހަކަށް އެއް ޖީބީ ޑޭޓާ ލިބޭނެއެވެ.
އުރީދޫ އިން ބުނީ މި ގޭމަކީ ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓްބޯޅައިގެ ފޯރި އިތުރު ކުރުމަށް ފެށި ގޭމެއް ކަމަށެވެ. މީގެ އިތުރު ގޭމުތައް ކުރިއަށް އޮތް ތަނުގައި ތައާރަފުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސާޕް ޗެމްޕިއަންޝިޕާ ގުޅުވައިގެން އުރީދޫން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ މުބާރާތްތަކާއި "މޫލީ" މެދުވެރިކޮށް ޓިކެޓު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!