މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯގެ މާޓީވީން ދައްކަން ނިންމައިފިއެވެ.

އެ ކުންފުނިން މި މެޗުތައް މާޓީވީން ދައްކަން ނިންމީ ދިވެހިންގެ ގައުމީ ރޫހު އިތުރަށް އާލާކޮށް ވީހާވެސް ގިނަ ބަޔަކަށް ރާއްޖެ ކުޅޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުންނެވެ. މިފަދަ ކޮންމެ ގައުމީ ކަމެއްގައި ބައިވެރިވެ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

Ad
rt

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ތިބޫ ގައުމީ ޓީމާ އެކު ކަމަށެވެ.

ސްޓެލްކޯގެ މާޓީވީ ހުންނާނީ ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑާ ދިމާލުގައެވެ. މި ޓީވީން މީގެ ކުރިންވެސް ވަނީ ތަފާތު ޝޯތައް ދައްކައިފައެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރާ ފޯރިގަދަ މެޗު މިރޭ 9:00ޖަހާއިރު އޮންނަަނެއެވެ. މި މެޗުވެސް މާޓީވީން ދައްކާނެއެވެ.