އެދުރުންނަކީ އަގުހުރި ބައެއް ޚިދުމަތްތަކެއް ގިނަ ކުޅަ ބައެއް
ތެދުވެރިވެ އިޚުލާޞްތެރި ބައެއް ޢަޒުމެއްގެވެރި ކެތްތެރި ބައެއް

ފަތިހާ ނިކަން ތެދުވާ ބައެއް އިތުބާރު ވެސް ކުރެވޭ ބައެއް
ދަތި ޙާލަތަށް ރުހިތިބި ބައެއް ހިތުގައި ރަހުމުވެސްހުރި ބައެއް

Ad
rt

ތަރުބިއްޔަތަށް ފައްކާ ބައެއް ކަރުވާ ހިޔަށް ނުގުޑާ ބައެއް
ތަރުތީބުކޮށް ކަންކުރި ބައެއް ވަރުބަލިވިޔަސް ނުބުނާ ބައެއް

ޤައުމަށް ވަފާތެރިވާ ބައެއް ފައުނަށް ވިޔަސް ނުވިކޭ ބައެއް
ދައުރަށް ވަރަށް ތެދުވެރި ބައެއް ނިއުޅުން ނުވާ އެއްއުޅި ބައެއް

ޅަދަރިން މޮޅަށް ހާނާ ބައެއް އެދަރިންގެ ކުރިމަގުގާ ބައެއް
ފަދައެއް ދެވަނަ ނުދެކޭ ބައެއް ގަދަ ބަސްބަހަށް ނުސިހޭ ބައެއް

ހުކުރެއް އަޔަސް ނުފިލާ ބައެއް ޙިކުމަތުގެ ބޭނުން ކުޅަ ބައެއް
ނުކުރާނަމޭ ނުބުނާ ބައެއް ސިކުނޑިން ވަރަށް ވިސްނާބައެއް

އަކުރާއި ފިލި ބުނެދިން ބައެއް ތަކުރާރުކޮށް ބުނެދޭ ބައެއް
ތަކުލީފުތައް އުފުލާ ބައެއް ކަކުލުގެ ހުޅަށް ވެސް ގަދަ ބައެއް

ނުރުހުންވެގެން ނުބަލާ ބައެއް ފުރުޞަތުގެ ބޭނުންކުޅަ ބައެއް
ޤުރުބާން އުފާތައް ކުޅަ ބައެއް ޤުރުބާން މިޤައުމަށް ވާ ބައެއް