ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން، 28,760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮށި ލުމާއި، 287 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ އެއްގަމުތޮށި ލުމާއި، 772 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ވެސް ހަރުކުރާނީ އެމްޓީސީސީންނެވެ.

މިއީ 25.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.