ސްޓެލްކޯއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް ކަރަންޓު ނުލިބޭ ފްލެޓުތަކަށް އޮންލައިންކޮށް އެ ހިދުމަތަށް އެދެވޭ ގޮތް ހަދައިފިއެވެ.

އެ ކުންފުނިން ބުނީ ހިޔާގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. މީގެ ތެރެއިން ސޮއި ކުރީ 5828 ފަރާތަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

Ad
rt

ސްޓެލްކޯގެ ހިދުމަތް ހޯދަން އެއްބަސްވުންތަކުގައި ސޮއި ކުރި ފަރާތްތަކުގެ ތެރެއިން 95 އިންސައްތަ ފަރާތަކަށް ކަރަންޓުގެ ހިދުމަތް މިހާރު ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ 280 ފަރާތަކަށް ހާޒިރު ނުވެވިގެން ކަނެކްޝަން ގުޅައި ނުދެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މި ހިދުމަތަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިދިނީ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.