މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑުބައި މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 412 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީއަކީ ސަރުކާރުގެ ތަރައްގީގެ ބިޔަ އެންމެ ގިނަ މަޝްރޫޢުތައް ހިންގާ ސަރުކާރުގެ ކުންފުންޏެވެ. މިގޮތުން އެ ކުންފުނިންދަނީ ބިން ހިއްކުމާއި، އެއާޕޯޓްތައް ތަރައްގީ ކުރުމާއި، ބަނދަރުތައް ހެދުމާއި، މަގު ހެދުމާއި، ސަރުކާރުގެ ފެސިލިޓީތައް އިމާރާތް ކުރުންފަދަ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
އެމްޓީސީސީން ދަނީ އެ ކުންފުނިން ހަވާލުވާ މަޝްރޫޢުތައް ކާމިޔާބުކަމާއި، އިތުބާރާއެކު ނިންމަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!