މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މުސާރަ ބޮޑު ކުރާނީ އަންނަ މަހުން ފެށިގެން ކަމަށެވެ.

Ad
rt

އެގޮތުން، މުވައްޒަފުންގެ މުސާރަ ބޮޑު ކުރާނީ ފަސް ޕަސެންޓުން ފެށިގެން 20 އިންސައްތައާ ހަމައަށެވެ. އެއީ ދަށް މުސާރަ ލިބޭ މީހުންގެ މުސާރަ އަށް 20 އިންސައްތަ އަދި ބޮޑެތި މުސާރަތައް ލިބޭ މީހުންނަށް ފަސް އިންސައްތައެވެ.

އެމްއޭސީއެލް މުވައްޒަފުންގެ މުސާރަތަކަށް ބަދަލު އައި ނަމަވެސް ސީނިއާ މަގާމުތަކުގައި ތިބޭ ބޭރުގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ބަދަލަކީ ކޯވިޑުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މުސާރައިގެ އިތުރުން އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސާއި ހިލޭ ދަތުރުފަތުރާއި ހިލޭ ޕާކިން އާއި ސްޓާފް ލޯން ސްކީމާއި ސްޓާފް ޗިލްޑްރެން ލޯން ސްކީމާއި ސްޓާފް ޑެވެލޮޕްމަންޓް ސްކީމް ފަދަ ފައިދާތައް ލިބޭނެއެވެ.