އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން މި މަހުވެސް 10،000ރ. ލިބިދާނެއެވެ.

މި މަހުގެ ނަސީބުވެރިޔާ ހޮވާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން އޭގެ ކުރިން އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކާ އެމްފައިސާ ގޯލްޑް އަދި ސިލްވާ ވޮލެޓު ކަސްޓަމަރުންނަށް މި މަހުވެސް 10،000ރ. ލިބުމުގެ ފުރުސަތު އެބައޮތެވެ.

Ad
rt

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމް ފައިސާ މެދުވެރިކޮށް މަދުވެގެން 200 ރުފިޔާ ހޭދަކުރަން ޖެހޭނެެވެ.

މިދިޔަ މަހު ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

އުރީދޫ އެމްފައިސާ ޕްރޮމޯޝަނުގެ އޮގަސްޓް މަހުގެ ނަސީބުވެރިއަކަށް ހޮވުނީ ބަދުރުއްދީން ނާސިރެވެ.