ހުއާވޭ ފޯނު ބޭނުން ކުރާ އުރީދޫ ކަސްޓަމަރުންނަށް ހުއާވޭ އެޕް ގެލަރީ ބޭނުންކޮށްގެން އެ ކުންފުނީގެ އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭ ގޮތް ހަދައިދީފިއެވެ.

ހުއާވޭ ފޯނުތަކަށް ގެނައި ބަދަލުތަކާއެކު މިހާރު އެ ގޫގަލް ޕްލޭ ބޭނުން ނުކުރެވެއެވެ. އެހެންކަމުން އެޕްތައް ޑައުންލޯޑު ކުރުމަށް ހުއާވޭ އެޕް ގެލަރީ ވަނީ މިހާރި ތައާރަފުކޮށްފައެވެ.

Ad
rt

މި ގެލަރީއިން އުރީދޫ އެޕް ނުލިބޭތީ އެކަމުގެ ޝަކުވާތައް ގިނަވެ އުރީދޫން އިން ވަނީ މިހާރު އެ ގެލަރީއަޑްވެސް މައި އުރީދޫ އެޕް ތައާރަފުކޮށްފައެވެ. މިއީ މިގެލަރީއަށް ރާއްޖޭގެ އެޕްލިކޭޝަނެއް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.

ހުއާވޭ އެޕް ގެލަރީން އެޕްތައް ޑައުންލޯޑު ކުރުމުން ފޯނަށް އެ އެޕެއްގެ ސަބަބުން ވައިރަސް އެރުމުން ދުރުކޮށްދޭނެއެވެ.

ވާވޭ ފޯނުތަކުން މައި އުރީދޫ އެޕްލިކޭޝަން އެޕް ޑައުންލޯޑު ކުރަން ބޭނުންވާ ކަސްޓަަމަރުންނަށް https://ore.do/appgallery މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެއެވެ.