މޯލްޑިވިއަންގެ ފްލައިޓެއް ޑޫޑުލް ކޮށްގެން އިންޑިއާގެ ނިއުދިއްލީ އަށް ދިއުމުގެ ފުރުސަތު ލިބޭ މުބާރާތެއް އެ ކުންފުނިން ފަަށައިފިއެވެ.
މިއީ މާފަރާއި ދިއްލީއާ ދެމެދު ފަށާ ދަތުރުތައް ޕްރޮމޯޓްކުރަން މޯލްޑިވިއަން އިން ފެށި މުބާރާތެކެވެ.
މި މުބާރާތް ފަށަން މޯލްޑިވިއަން އިން ވަނީ މަތިންދާބޯޓެއްގެ އެއްބައި ކުރަހާފައިވާ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވާ ބޭނުންވާ މީހުން ޖެހޭނީ އެ ބޯޓުގެ ބާކީ ހުރި ބައިތައް ޑޫޑަލްކޮށް ކޮމެންޓު ކުރާށެވެ.
މޯލްޑިވިއަން އިން ބުނިގިތުގައި މި މުބާރާތް ކުރިއަށްދާނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެކަންޏެވެ.
މި މުބާރާތުގެ ނަސީބުވެރި ފަރާތް ހޮވާނީ ފޭސްބުކްގައި ލިބޭ ރިއެކްޝަންތަކަށް ބަލައިގެންނެވެ. އެގޮތުން، އެންމެ ގިނަ ރިއޭކްޝަން ލިބޭ މީހަކަށް ދިއްލީއަށް ދެ މީހުންގެ ރިޓާން ޓިކެޓް ލިބޭނެއެވެ. އަދި ތިން ދުވަހުގެ ހުރުން ވެސް ލިބޭނެއެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މި މުބާރާތުގެ ނަސީބުވެރިޔާ އިއުލާން ކުރާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!