މިދިޔަ ޖުލައި މަހު ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވިކަމަށް ދެއްކީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ބުނެފިއެވެ.
މިދިޔަ ޖުލައި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން އާންމުންގެ ޝަކުވާ ވަރަށް ބޮޑުވިއެވެ. އެގޮތުން، ބައެއް ގޭގެއިން 2،000 ރުފިޔާގެ އިތުރުވި ކަމަށް ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ.
ޔޫއާރުއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑުވާން ދިމާވީ ދެ ސަބަބަކާ ގުޅިގެން ކަމަށް ދެނެގަނެފައިވާ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ޖުލައި މަހު ފޮނުވި ބިލުގައި ގާތްގަނޑަކަށް ޖޫން މަހުގެ 10 އިން ޖުލައި 10 އަކާ ދެމެދުގައި ބޭނުންކޮށްފައިވާ ވަރަށް ބިލުކޮށްފައިވާ ބިލުތަކަކަށް ވިޔަސް ބިލު ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅު ކަމަށްވާތީ އީދު ބަންދުގެ ދުވަސްތައްކަމަށް ޖުލައި 19 އިން 30ގެ ނިޔަލަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ބިލްގައި ހިމަނައިފައި ނުވާ ކަމަށެވެ.
އެހެންކަމުން އީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ކަރަންޓުގެ މިންވަރު ޖުލައި މަހު ލިބުނު ބިލުތަކުގައި ހިމަނައިފައި ނުވާތީ އެ ބިލުތައް ކުޑަނުވީ ކަމަށެވެ.
އަދި އީދު ބަންދުގައި ކަރަންޓު ބޭނުންކުރި މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެ އިތުރުން ޖުލައި މަހު ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކަަަށް (މެއި ޖޫން އަށް ކަރަންޓު ބޭނުންކުރި ވަރު) ސަރުކާރުން 40 ޕަސެންޓް ޑިސްކައުންޓެއް ދީފައިވާ ކަމަށާއި ނަަމަވެސް ޖުލައި މަހު ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީ ކަމަށް އޮތޯރިޓީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!