ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯަތުން އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

މިއީ ކޯވިޑް-19ގެ ފަހުން މޯލްޑިވިއަން އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށާ ފުރަތަމަ އާ ރޫޓެވެ.

Ad
rt

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ ދަތުރުތައް ފަށާނީ އަންނަ މަހުގެ 21ގައި ކަމަަށެވެ. އެގޮތުން ހަފުތާއަކު ތިން ދުވަހު ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަން އިން މާފަރުން ނިއުދިއްލީއަށް ދަތުރު ކުރާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި ނިއުދިއްލީ އިން މާފަރަށް ދަތުރު ކުރާނީ ބުދަ، ހުކުރު އަދި އާދީއްތަ ދުވަހުއެވެ.

މާފަރުން ނިއުދިއްލީއަށް ޓިކެޓުތައް ފެށޭ އަގަކީ 285 ޑޮލަރެވެ. އަދި ނިއުދިއްލީ އިން މާފަރަށް 312 ޑޮލަރެވެ.

ދަތުރުތައް ފެށުމާއެކު މޯލްޑިވިއަންގެ އެޕްލިކޭޝަނުންނާއި ވެބްސައިޓުން ޓިކެޓް ލިބޭނެއެވެ.