"ތިލަދުން" އިންް ގެނެސްދޭ "ތިލަދުންމަތީ ޑައިރީސް" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި މިގެނެސްދެނީ އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ އެވެ. މިއެކްސްކްލޫސިވް އިންޓަރވިއު އަކީ ދާދިފަހުން އެކަމަނާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅަށް ފަހު އެދަތުރުގެ ވާހަކަތައް ގެެސްދީފައިވާ އިންޓަވިއުއެކެވެ.
ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުކުރުން ހުއްޓުމަކަށް އައިސް އޮތުމަށްފަހު އަލުން ހުޅުވާލުމުން އިނގިރޭސި ސަފީރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރުމަށް ނިންމަވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ މަންޒިލަކަށް އެކަމަނާ ވަނީ ތިލަދުންމަތީ ކުޅުދުއްފުށި އަދި ހަނިމާދޫއަށް ޒިޔާރަތް ކުރައްވާފައެވެ. ކެރޮން ރޮސްލަރއަކީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!