ސްޓެލްކޯ އިން އއ. ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފިއެވެ.
އެ ކުންފުނިން ބުނީ، ހިމަންދޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއި ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336 ކިލޮވޮޓުގެ މުޅިން އާ ޖަނަރޭޓަރެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާ އެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ހިމަންދޫގައި މިހާރު ހުރީ 533 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އަދި އާ ޖަނަރޭޓަރާއެކު އެރަށަށް 889 ކިލޮވޮޓުގެ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފައިވާ އިރު، އެރަށުގައި އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
އއ. ހިމަންދޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއި ގުޅިގެން، ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336kW ގެ މުޅިން އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންދެވިފައި. 1/2 pic.twitter.com/kYlie9EY0z
— STELCO (@STELCOMALDIVES) September 13, 2021
މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ މަސައްކަތް ކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް ވެސް އެ އިމާރާތްތަކުގައި ހަރުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!