ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ހާއްސަ ދަތުރުތަކެއް ބާއްވަން ނިންމައިިފިއެވެ.

އެ އެއާލައިނުން ބުނީ މި މަހުގެ ފަހުކޮޅު ކޮންމެ ބުދަ ދުވަހެއްގައި އެ ގައުމަށް ދަތުރު ކުރާނެ ކަމަށެވެ. އެއީ މި މަހުގެ 15، 22 އަދި 29ވަނަ ދުވަހު އެވެ.

Ad
rt

މިހާރު ވެސް މޯލްޑިވިއަން އިން މާލެ އާއި ޑާކާއާ ދެމެދު ހަފުތާއަކު ދެ ދުވަހު ދަތުރު ކުރެ އެވެ. އެއީ އަންގާރަ އަދި ހުކުރު ދުވަހު އެވެ.

އެކި ގައުމުތަކަށް އޮންނަ ޑިމާންޑު އިތުރުވުމުން މޯލްޑިވިއަން އިން އެ ގައުމުތަކަށް އިތުރު ދަތުރުތައްކުރެއެވެ.

މި ދުވަސްވަރު ޑާކާއިން ރާއްޖެއަށް އޮންނަ ޑިމާންޑުވެސްވަނީ ބޮޑުވެފައެވެ.