އުރީދޫ އިން އެ ކުންފުނީގެ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތިން ގުނަ އިތުރު ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

މި އޮފާގެ ދަށުން ހަފުތާއަކަށް ނުވަތަ މުޅި މަހަށް 180ޖީބީއާ ހަމައަށް ޑޭޓާއާ އެކު އަންލިމިޓެޑް އުރީދޫ ކޯލްސް ލިބޭނެއެވެ. އެގޮތުން، 1ޖީބީ ވީކްލީ ޕެކް (150ރ.) އިންދުވާލަކު 3ޖީބީ ލިބޭއިރު 1ޖީބީ މަންތްލީ ޕެކް (500ރ.) އިން ދުވާލަކު 3ޖީބީ އަދި 2ޖީބީ މަންތްލީ ޕެކް (750ރ.) އިން ދުވާލަކު 6ޖީބީ ޑޭޓާ ލިބޭނެއެވެ.

Ad
rt

އުރީދޫ އިން ބުނީ މި އޮފާ އަކީ އާޗާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިދީ ސްޓްރީމިން ޕްލެޓްފޯމުތައްމެދުވެރިކޮށް ފިލްމާއި ސީރީޒްތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ތައާރަފު ކުރި އޮފާއެއް ކަމަށެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖަހައި 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކުރެވޭނެއެވެ.