ހިޔާ ފުލެޓުގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމާފައިވާ ކަމަށާއި، މާދަމާ އެ ދެ ޓަވަރަށް ކަރަންޓު ދޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ ހިޔާގެ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމައި، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
އެހެންކަމުން މާދަމާ އެ ދެޓަވަރަށް ކަރަންޓު ދޭނެ ކަމަަސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ދެ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށެވެ.
އަދިއެފަރާތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާ އެކު ފުލެޓުތަކުގެ ތަޅުދަނޑި ހިފައިގެން ޓަވަރުތަކަށް ހާޒިރުވުމަށްސްޓެލްކޯއިން އިލްތިމާސްކުރެއެވެ.
ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މި މަހުގެ 17 ވަނަ ދުވަހު ފަށާފައިވާ އިރު، ކަރަންޓު ދިނުމަށް ހަމަޖެހިފައި ވަނީ ދުވާލަކު ދެޓަވަރަށެވެ.
މިހާތަނަށް އަށް ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ނިމިފައިވާ އިރު، ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަންކޮށްނުނިމި ހުރި އަށް ޓަވަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!