ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލާފައިވާތީ، ބޭނުން ނުކޮށް ހުރި ރެވެނިއު ސްޓޭމްޕްތަކަށް ފައިސާ ދޭން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނިންމައިފިއެވެ.
ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލީ އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިދިޔަ ޖުލައި މަހު އުވާލުމާ ގުޅިގެންނެވެ.
މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ގާނޫނުގެ ދަށުން އެ އޮތޯރިޓީން ވިއްކާފައިވާ ސްޓޭމްޕުގެ ތެރެއިން ބޭނުން ނުކޮށް ހުރި ސްޓޭމްޕް ރީފަންޑު ކޮށްދޭނެ ކަމަަށެވެ.
މިކަމަށް އެދި ހުށަހެޅޭނީ ނޮވެމްބަރު 15ގެ ކުރިންނެވެ.
ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލަނީ، 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށް ވެފައި، އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕުޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ހަރަދާ އަޅައިބަލާ އިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!