18ވަނަ ސްޓީވީ އިންޓަނެޝަނަލް ބިޒްބަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސް ގައި އުރީދޫ އަށް ފާހަނގަކޮށްލެވޭ އެވޯޑުތަކެއް ލިބިއްޖެއެވެ.
އެ ކުންފުންޏަށް ސްޓީވީ އެވޯޑްސްގެ ތިން އެވޯޑެއް ލިބިފައިވާއިރު މިއީ ކޯވިޑް-19އާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދިން ހިދުމަތްތަކާއި މޫލީ އަދި އެމް ފައިސާއަށް ލިބުނުއެވޯޑުތަކެކެވެ. އެގޮތުން ކޯވިޑްގެ ދުވަސްވަރު ފޯރުކޮށްދިން ހިދުމަތަށް ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްގެ ބްރޮންޒް އެވޯޑާއި އޭޝިއާ ޕެސިފިކްގެ ސިލްވާލިބުނުއިރު މޫލީ އާއި އެމް ފައިސާގެ ހިދުމަތަށް އޭޝިއާ ޕެސިފިކްގެ ބްރޮންޒް އެވޯޑު ވަނީ ލިބިފައެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ބީއެމްއެލް އިން ފޯރުކޮށްދިން އެހީތެެރިކަން ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރުމަކީކުންފުނި ފަހުރުވެެރިވާ ކަމެއް ކަމަށެވެ.
"ޕެންޑެމިކާ ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް އީޖާދީ ހިދުމަތްތަކެއްފޯރުކޮށްދީފަ. މި ހިތްވަރާއެކު އުރީދޫގެ ހިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެންދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." ނަޖީބް ޚާން ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން އުރީދޫ އިން އަންނަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުން އަދި ރައްޔިތުންނަށް ވެސް އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދެމުންނެވެ. އެގޮތުން، އުރީދޫ ގްރޫޕާ ގުޅިގެން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީވެ، ވެންޓިލޭޓަރާއި ޕީޕީއީ އަދި ޓެސްޓިން ކިޓް ހޯދުމަށް އެކުންފުނިން ވަނީ 2.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!