ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހުޅުލޭގައި ތަރައްގީ ކުރި އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފިއެވެ.

ބީޔޫސީޖީއާ ހަވާލާދީ ޗައިނާގެ ޒިންހުއާ ނޫހުގައި ބުނެފައިވާ ގޮތުގައި ޓާމިނަލް މިހާރުވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާ ހަވާލުކޮށްފައެވެ.

Ad
rt

މި ޕްރޮޖެކްޓާ ގުޅޭގޮތުން ބީޔޫސީޖީގެ ޕްރޮޖެކްޓު ޑިރެކްޓަރު ޒެން ފެންލިން ވިދާޅުވީ އާ ޓާމިނަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ރަނގަޅުވެ އިގްތިސާދަށް ބޫސްޓެއް އަންނާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލަކީ 28000 އަކަފޫޓުގެ ޓާމިނަލެކެވެ.

އެމްއޭސީއެލް އާ ހަވާލާދީ ޒިންހުވާ ނޫހުގައި ބުނީ ކޯވިޑްގެ ދަތިތަކާއެކުވެސް ބީޔޫސީޖީން ތާރީހަށް ޕްރޮޖެކްޓު ނިންމާފައިވާ ކަމަށެވެ. އަދި އާ ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން ފެށުމުން ފަތުރުވެރިކަން އިތުރަށް ރަނގަޅުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އާ ސީޕްލޭން ޓާމިނަލުގެ އިތުރުން ބީޔޫސީޖީން މިހާރު އަންނަނީ މަޑިވަރު އެއާޕޯޓުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހެދި ޓާމިނަލެކެވެ.