އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުންޏާއި ސެމިލީސް ރެސްޓޯރެންޓު ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ފަށައިފިއެވެ.
މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އޮފާގައި، ސެމިލީސް އިން ކުރާ އޯޑަރުތަކާ އެކު ހިލޭ ޕިއްޒާ އާއި ބާގާ އާއި ޑަމްޕްލިންސް އަދި ފްރޭންކީސް ލިބޭނެއެވެ.
ސެމިލީސްގެ އޮފާތައް
- ކޮންމެ ގްރިލްޑް ޗިކެންއަކާ އެކު ހިލޭ ޕިއްޒާ އަދި ފްރޭންކީސް ނުވަތަ ބާގާ އަދި ފްރޭންކީސް ނުވަތަ ޑަމްޕްލިންސް އާއިފްރޭންކީސް.
- ކޮންމެ ފެމެލީ މީލްއަކާ އެކު ހިލޭ ޕިއްޒާއެއް
- ކޮންމެ "ފްރެންޑްސް" އަދި ފެމެލީ މީލްއަކާ އެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
- ކޮންމެ ތަންދޫރީ ފެމެލީ މީލްއަކާ އެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
- ކޮންމެ ޓިއްކާ ކޮމްބޯ މީލްއަކާ އެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
- ކޮންމެ ޓިއްކާ ޝެއަރިން މީލްއަކާއެކު ހިލޭ ޕިއްޒާއަކާއި ފްރޭންކީސް
މި ޕްރޮމޯޝަނަކީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އުރީދޫ ކަސްޓަމަރުންނަށް އެސްއެމްސް މެދުވެރިކޮށް މި ޕްރޮމޯޝަންގެ ހާއްސަ ވޯޗާއެއް ލިބޭނެ ކަމަށް އުރީދޫއިން މައުލޫމަތު ދީފައިވެއެވެ. އުރީދޫ އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޮނުވާ މެސެޖެއް ދެއްކުމުން މި އޮފާގެ ބޭނުން ކުރެވޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!