އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ އެއްވަނަ ދުވަހުގައި ފެށި އަތޮޅު ދުވުން ފުރިހަމަ ކުރުމަށް އެ ކުންފުނިން ހަނދާން ކޮށްދީފިއެވެ.
އެ ކުންފުނިން ދުވުން ފުރިހަމަ ކުރުމަށް ހަނދާންކޮށްދިނީ މާދަމާއަކީ ދުވުމުގެ އެންމެ ފަހު ދުވަސް ކަމަށްވާތީއެވެ. މިހާރުވެސް ގިނަ ދުވުންތެރިން ވަނީ ދުވުން ފުރިހަމަކޮށްފައެވެ.
އުރީދޫ އަތޮޅު ދުވުމަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އަތޮޅު ދުވުމުގެ ބައިވެރިންނަށް ހަދިޔާ ހޯދުމުގެ ފުރުސަތުވެސް އުރީދޫ އިން ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ދުވުމުގެ ފޮޓޯއާއި މެޑަލް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެންފަސް ފަރާތަކަށް އިނާމް ވަނީ ހުށަހަޅައިފައެވެ.
އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ދެ ނަސީބުވެރިއަކަށް މަމަކް އިން ރޭގަނޑުގެ ކެއުމެއް ނުވަތަ ލަވޭރިއާއިން ޕިއްޒާ ލިބޭނެއެވެ.
މީގެ އިތުރުން މެޑަލް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިންނަށް ރޭޖް-ހިޓް ޖިމްގެ އެއް މަހުގެ މެމްބާޝިޕް ނުވަތަ ޕިއްޒާކިޗެން އިން ޕިއްޒާ ނުވަތަލެ ޕާފިއުމްގެ ގިފްޓް ޕެކެއް ލިބޭނެއެވެ.
އުރީދޫން ބުނެފައިވާ ގޮތުގައި ދުވުމުގެ ފޮޓޯ އާއި މެޑަލް ސޯޯޝަލް މީޑިއާގައި ހިއްސާ ކުރާ އެކައުންޓު ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށްކަމަށެވެ. އަދި ކޮންމެ ޕޯސްޓެއްގައިއުރީދޫ ޓެގުކޮށް، OoredooAtholhuDhuvun# ޖަހަން ޖެހޭނެއެވެ. މި ފޮޓޯތައް ހިއްސާ ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ރޭ 11:59އާ ހަމައަށް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!