ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ނިމިފައި ވާކަމަށެވެ. އަދި އޭބީސީ ފަށަލައެޅުމުގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލައެޅުމާއި، 16,488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްކުރާނެއެވެ.

މިއީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.