މުޅި ރާއްޖެއަށް ހާއްސަކޮށްގެން އުރީދޫ މޯލްޑިވްސް އިން ބާއްވާ ފޯރިގަދަ ވަޗުއަލް ދުވުމުގައި ބެރިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
"އުރީދޫ އަތޮޅު ދުވުން" އަކީ ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރު ފެށި ދުވުމެކެވެ. މި ދުވުމަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުހް މިދިޔަ އަހަރުވެސް 5800 މީހުން މި ދުވުމުގައި ބައިވެރިވިއެވެ.
މިއަހަރުގެ ދުވުން އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. މި ދުވުމުގައި ރަޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް މިހާރު އުރީދޫ ޕޯޓަލް ore.do/regstr މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން އަލަށް ތައާރަފު ކުރި 10 ކިލޯމީޓަރުގެ ކެޓަގަރީއަށްވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އެހެންކަމުން ބޭނުންވާ ކެޓަގަރީއަކަށް ނުވަތަ ދެ ކެޓަގަރީއަށް ވެސް މި މަހުގެ 27ގެ ހަވީރު 6:00ގެ ކުރިން ރަޖިސްޓްރީވެވޭނެއެވެ.
މި ދުވުމުގައި ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭއިރު އޯގަސްޓު އެކަކުން ފެށިގެން 7 އޯގަސްޓުގެ ނިޔަލަށް ދުވުން ފުރިހަމަ ކުރެވޭނެއެވެ.
https://thiladhun.wonstasite.com/68328
އުރީދޫ އިން ބުނީ ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ކޮންމެ މީހަކަށްވެސް ޑިޖިޓަލް ބިބެއް ލިބޭނެ ކަމަށެވެ. އަދި ސްޓްރާވާ ނުވަތަ ގާމިން ކަނެކްޓު ނުވަތަ ރަންޓާސްޓިކް ނުވަތަ ނައިކް ރަން ކްލަބް ނުވަތަ ރަން ކީޕާ އެޕްލިކޭޝަން ބޭނުން ކޮށްގެން ދުވުން ޓްރެކް ކުރެވޭނެއެވެ. މި ދުވުން ނިމުމުން ޑިޖިޓަލް މެޑަލެއް ލިބޭނެއެވެ. އަދި ފިސިކަލް މެޑަލް ބޭނުންބާ ނަމަ ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް ޑެލިވަރީ ކޮށްދޭނެއެވެ.
Kon baeh dhuvany?
Get your #OoredooAtholhuDhuvun 5K virtual medal or challenge yourself to complete a 10K during the first week of August. Who's ready?
If you haven't already, register now via https://t.co/QnFBQr4emp #OoredooAtholhuDhuvun now pic.twitter.com/bPejA5eF9V
— Ooredoo Maldives (@OoredooMaldives) July 24, 2021
ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ވެސް މި ދުވުމުގައި ބައިވެރިވެވޭނެއެވެ. މިއީ ގައިދުރުކަމާއެކު ރަހުމަތްތެރިނާއެކު ނުވަތަ އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް ލިބޭނެ ފަހި ފުރުސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!