ރިސޯޓުތަކުގެ 80 އިންސައްތަ މުވައްޒަފުން ކަޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 97 އިންސައްތަ މީހުން ވަނީވެކްސިންގެ ފުރަތަމަ ޑޯޒުޖަހައިފައެވެ. އޭގެ ތެރެއިން 80 އިންސައްތަ މީހުން ވަނީ ދެ ޑޯޒު ޖަހައި ވެކްސިން ފުރިހަމަކޮށްފައެވެ.

Ad
rt

އެ މިނިސްޓްރީން އަންނަނީ އެމްއެމްޕީއާރުސީއާ ގުޅިގެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމަށް ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ. "އައިއޭމް ވެކްސިނޭޓެޑް"ގެ ނަމުގައި ފަށާފައިވާ މި ކެމްޕޭނުގައި، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރާ ކޮންމެ މުވައްޒަފަކަށް އެކަން އަންގައިދޭ ބެޖެއް ދޭނެއެވެ.

މި ކެމްޕޭނަކީ ރާއްޖެއަކީ ކޮވިޑުން ރައްކާތެރި މަންޒިލަކަށް ހަދައި ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ފެށި ކެމްޕޭނެެކެވެ.

ސަރުކާރުން ވަނީ ރިސޯޓު މުވައްޒަފުންގެ ތެރެއިން ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިތަކެއް ވެސް ދީފައެވެ. އެގޮތުން، އެމުވައްޒަފުންނަށް މޮނިޓަރިންގައި ނެތް ރަށްރަށް ކަރަންޓީން ނުވެ މިހާރު ދަތުރު ކުރެވޭނެއެވެ.