އީދު ފާހަގަ ކުރުމުގެ ގޮތުން އުރީދޫ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން އުޟުހިޔާ ކަތިލައިފިއެވެ.

އެ ކުންފުނިން ވަނީ ގުރުބާން ކުރި ބަކަރިތައް އީދު ކެއުމުގެ ގޮތުގައި ފިޔަވައްޗަށް ހަދިޔާ ކޮށްފައެވެ.

Ad
rt

އުރީދޫ އިން ކޮންމެ އަހަރެއްގެ ބޮޑު އީދާއި ކުޑަ އީދުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.

އެގޮތުން ކުޑަކުދިންނަށް ހަދިޔާ ބެހުމާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ކެއުން ދިނުން ހިމެނެއެވެ.

އެ ކުންފުނިން މީގެ ކުރިން ކޮންމެ އީދެއްގައި ވެސް އީދު ޝޯ ބާއްވައެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އެ ހުރިހާ ހަރަކާތެއް ވަނީ ޑިޖިޓަލް ކުރަން ޖެހިފައެވެ.