ޔާމީން އަވަހަރާކޮށްލަން ދިން ހަމަލާގެ އިންކުއަރީއެއް އޭރުއޮތް ސުޕަރ މެޖޯރިޓީއަށް ހަދާކަށް ނުކެރުނު: ސައުދު

MP Saud Hussain

ކުރީގެ ރައީސް ޔާމީން އަވަހަރާކޮށްލަން ދިން ހަމަލާގެ އިންކުއަރީއެއް މަޖިލީހުގައި އޭރުއޮތް ޕީޕީއެމްގެ ސުޕަރ މެޖޯރިޓީއަށް ހަދަން ނުކެރުނު ކަމަށް ވިލިނގިލިދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، 6 މޭ 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ ސަޕަރ މެޖޯރިޓީއަކީ ގަޓުހުރި، ކަޅަދާނަ، ވަރުގަދަ ސްޕާ މެޖޯރިޓީއެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ސައުދު ވަނީ އެ މެޖޯރިޓީން ކުރަން ބޭނުންވާ ކަމެއްނަމަ ކުރާނެ ކަމަށާއި، އަދި ކުރަންނުޖެހޭ ކަމެއްނަމަ ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު މިތާނގައި މި ރޭ ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ، މި އިންކުއަރީގެ ތެރޭގައި، ޕީޕީއެމާއި ޕީއެންސީއަށް ނިސްބަތްވާ ވަރަށް އިސް ދެ ބޭފުޅުން ޤައުމީ މަސައްކަތެއްގެ ގޮތުގައި ބައިވެރިވެގެން މިކަން ކުރިކަން ފާހަގަވެގެން ދިޔައިމާ، މިފަދަ ޓެރަރިސްޓް ހަމަލާތައް މި ޤައުމުގައި މިއީ އަލަށް އައިސްގެން އުޅޭ ކަމެއް ނޫން." ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ޓަކައި ވެސް ޓެރަރިސްޓް ހަމަލާއެއް ހިންގައި، އެ މަނިކުފާނު ދަތުރުކުރަމުންދިޔަ ލޯންޗުގައި ބޮމެއް ގޮއްވާލި ކަމަށެވެ. ނަމަވެސް އޭރުގައި އޮތް ޕީޕީއެމްގެ ސުޕަރ މެޖޯރިޓީއަށް މިފަދަ އިންކުއަރީއެއް ހިންގާލުމުގެ ކުޅަދާނަކަމެއް އޭރުގައި އޮތް ޕާލިމެންޓުން ނުކުރެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.

"އެހެންވީމާ، މި ބުނަނީ އެމްޑީޕީގައި މި އޮތް ސުޕަރ މެޖޯރިޓީއަކީ މިއީ ހަމަ ގަދަ މެޖޯރިޓީއެކޭ. އޭރުގައި އޮތް މެޖޯރިޓީއަށް އިންކުއަރީއެއް ނުހެދުމުގެ ނަތީޖާއަކީ، ދެވަނަ ޓެރަރިސްޓް ހަމަލާއެއް ދިވެހިރާއްޖެއަށް ދައުލަތުގެ އެންމެ މަތީ އެއް ވެރިޔަކަށް އައުމުގެ ފުރުޞަތު ތަނަވަސްވެގެން މި ދިޔައީ މިފަފަ އިންކުއަރީތައް ނެހެދުމުގެ ސަބަބުން، އިއްޒަތްތެރި ރައީސް، އެކަން އަޅުގަނޑު ފާހަގަކޮށްލަން." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، މި އިންކުއަރީން ވަރަށް ގިނަ ކަންކަން ފާހަގަވެގެން ހިނގައްޖެ ކަމަށާއި، މިއީ އެކަކު އަނެކަކާ ދިމާލަށް އިނގިލި ދިއްކޮށް، އެއް ބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށް، ސިޔާސީ ޖަޒުބާތް ބަންޑުންކޮށްލަންވީ ވަގުތެއް ނޫން ކަމަށެވެ.

"މި އިންކުއަރީން އަޅުގަނޑުމެންނަށް ފާހަވެގެންދިޔައީ މި ދައުލަތުގެ ހުރި ބޮޑެތި މައްސަލަތައް. މިއީ މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެގެން އައި މައްސަލަތަކެއް ނޫން. މި ރާއްޖޭގައި 2008 ވަނަ އަހަރު، އާ ޤާނޫނުއަސާސީ ތަސްދީގުކޮށްގެން ޑިމޮކްރެޓިކް މާޙައުލަކަށް ރާއްޖެ ބައްޓަންވެގެންދިޔަދިޔުމުގައި މި ކަންކަން" ސައުދު ވިދާޅުވިއެވެ.

އޭނާގެ ވާހަކާގައި ވަނީ، ދިވެހިރާއްޖޭގެ "އިސްލާމީ ފޯބިއާ" އިތުރުވަމުން އަންނަ ކަމަށާއި، "އިސްލާމީ ފޯބިއާ"ގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުވެރިންނާ ދޭތެރޭގައި ދެކޭ ނަޒަރިއްޔާތު ބަދަލުވެ، އެއީ ގޯސް ބައެއްގެ ގޮތުގައި ދެކެމުންދާ މަންޒަރު ފެންނަން ފަށާފައިވާ ކަމަށެވެ.

ހެޔޮ ނަސޭހަތް ދޭން ތިބީ ވެސް އަދި އަނދިރި ދައުލަތެއްގެ ވާހަކަދައްކާއިރު އެ އަނދިރި ދައުލަތް އަލިކުރުމަށް އޮތް ހަމައެކަނި ވަސީލަތަކީ، އިސްލާމީ ޢިލްމުވެރިން މަސައްކަތްކަން އޭނާ ވަނީ ފާހަަގަ ކުރަށްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި